މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރުން ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ނިންމައިފިއެެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރެން 1000 ދުވަސް ފެށުމުގެ ކައުންޓްޑައުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މުޅި ތާރީޚުގައިވެސް ފާހަގަކުރެވޭ މުހިއްމު މަރުކަޒުކަމުގައިވާ މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރުން ސަރުކާރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.

"100 އަހަރުފުރުމުގެ މިޙަފްލާ ވެގެންދާނީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން އެޑިއުކޭޝަން މިނިސްޓްރީއިން ކުރިއަށްގެންދާ ރަސްމީ ޙަރަކާތެއްގެ ގޮތުގައި." މިނިސްޓަރު ޝަފީޢު ވިދާޅުވިއެވެ

މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރެން 1000 ދުވަހުގެ ކައުންޓްޑައުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްކޫލްގައި 20 އަހަރާއި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް ޝަރަފް އެެރުވިއެވެ.

ކައުންޓްޑައުން މުއްދަތުގައި މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރޭ މުނާސަބާއާއި ގުޅިގެން ސްކޫލްގައި ޚާއްސަ މޮނިއުމަންޓެއް ބެހެއްޓުމަށް ބޭނުންވާ ފަންޑު ހޯދުމަށް ހަމަޖެހިފައިވާއިރު މިފަންޑަށް ފައިސާ ހޯދުމަށް ބުދަ ދުވަހުގެ ރޭ އެސްކޫލްގެ ޞަލާޙުއްދީން ހޯލްގައި ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ބޭންޑުން ޝޯވއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

މަޖީދިއްޔާ ސުކޫލަށް 100 އަހަރު ފުރޭނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޙަބިބާ

29-Jul-2024

ކިތައްމެ ޙާޥެސް ރަނގަޅޫ ކަމެއް އެކަމު އެތަގެ މަސަކަތްކަތް ކުރާމަސައްކަތު މީޙުން އެބަޖެހެ އަޅު ވެތި ކުރުވުން ހުޓުޥަން ހުއްޓާނުލާ 19ވަރަކައް ގަޑި އިރު އެބަ މަސައްކަތް ކުރުވާ ގާނޫނާ ހިލާފައް އަރާމް ކޮއްލާނެ ވަގުތެއް ނުލިބެ ހަފްތާގެ 7ދުވަހު މަސައްކަތް ކުރުވާ ވެރިން އިންތިހާޔައް ބަވާ އަޅުން ލައްވާޥެސް ނުކުރުވާނެ އެވަރަކައް ބަޔެއް މީހުން ނަ އް ނަފްސާނި ގޮތުން ބިރުގަނެ ފަތިބެނި ސަރުކާރުން ކާންދެން ޖެހިފަ ތިބޭ ބަޔަކައްވެފަ ތިބޭ ދެބަންގާޅިން ނަމުގަ މެއިން ޓަނަސް ކަމުގަ ވެރިންގެ އަމިއްލަ ކަންކަން ކުރުވަން ސުކޫލް ތަކުން ނިދާނެ ތަން ދީފަ ފެންބިލް ކަރަންޓު ބިލް ދައްކާފަ އަހަރަކު ދެކޮޅު ޓިކެޓު ދީފަ ތިބެނި އެއްމެ ކުޑަމިނުން ޑެސްކެއްގޮޑިޔެއްވެސް ނުއުފުލުވާނެ ރީތިކޮންބައިތިއްބާނި ދިވެހި އަންހެނުން ލައްވާ ގުލާނު ކުރުވާނި ވަރައްދެރަ ކަންކަން މިހުން ނަނި ސުކޫލް ތަކުން އެބަޖެހެ މުސްކުޅި އަންހެނުން ލައްވާ ގުލާނު ކުރުން ހުއްޓާލަން ސަރުކާރުން އެބަޖެހޭ މިކަމައް ވިސްނަން ހުރިހާކަމެއް އިނގިހުރެ މިލިޔުނި ނިކަން ކެރެނިއްޔާޖަހާބަލަ މިކޮމެންޓު



ޓްރެންޑިން