ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ބައިވެރިޔާއާއެކު ކޮންމެހެން މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކެއް ވޭ.
ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ބައިވެރިޔާއާއެކު ކޮންމެހެން މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކެއް ވޭ.
ކައިވެންޏަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް ކުރާނެ އެންމެ މުހިންމު ކަންތަކެވެ. ޒަވާޖީ ހަޔާތެއް ފެށުމުގެ ގޮތުން ބައިވެރިއެއް ހިޔާރު ކުރާއިރު އެ އިޙްތިޔާރުކުރާ ބައިވެރިޔަކީ އެމީހަކާ އެންމެ ވިސްނުން ދިމާވާ، އެކީގައި ދިރިއުޅެން އެންމެ އެކަށީގެންވާ މީހާތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މާބޮޑު ވިސްނާނުލައި ބައިވެރިޔަކު ޙިޔާރުކޮށް އެބައިވެރިޔާއީ ކައިވެނި ކުރުމަކީ އެއީ ތިމާގެ ދިރިއުމުގައި ހެދޭނެ އެންމެ ބޮޑު ގޯހެވެ. މިފަދަ ކައިވެނި މާގިނަ ދުވަސްތަކެއް ނުވެ ގިނަފަހަރަށް ރޫޅިދެއެވެ.

ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ބައިވެރިޔާއާއެކު ކޮންމެހެން މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ. ކައިވެނި މުޅި އުމުރަށް ދެމިގެން ދިޔުމަށްޓަކައި ޒަވާޖީ ހަޔާތް ފެށުމުގެ ކުރިން އެކަކު އަނެކަކާ މަޝްވަރާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ ކައިވެނީގެ އަގުދު ފެށުމުގެ ކުރީން ބައިވެރިޔާއާ މަޝްވަރާ ކުރަން ޖެހޭ މުހިއްމު ކަންކަމެވެ.

- ފާއިސާ ނުވަތަ ތަނަވަސްކަން

ކައިވެނީގެ އަގުދު ފެށުމުގެ ކުރިން އެކަކު އަނެކެއްގެ މާލީ ތަނަވަސް ކަމާމެދު ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. ޒަވާޖީ ހަޔާތެއް ފަށާއިރު އެކަކު އަނެކަކަށް މާލީ ތަނަވަސްކަމާމެދު އެއްވެސް ވަރަކަށް އޮޅުވާލައިގެން ނުވާނެއެވެ. ފައިސާގެ ވާހަކަ ދެއްކުމަކީ މާލީ ގޮތުން ޚިޔާނާތްތެރިވުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅެކެވެ. މިގޮތުން ތިމާ ހިޔާރުކުރާ ފިރިމީހާ އަކީ ތިމާ ބެލޭވަރުގެ މާލީ ފުދުންތެރި ކަމެއްް ހުރި މީހެއްތޯ ބަލަން ޖެހެއެވެ. އަދި ހަމަ އެހެންމެ އިނދެގެން ފައިސާ ހަރަދު ކުރާނެ ގޮތުގެ މަޝްވަރާވެސް ޒަވާޖީ ހަޔާތެއް ފަށާއިރު ކުރަން ޖެހެއެވެ.

- އާއިލާ ބިނާކުރުން

ކައިވެނި ކުރެވިގެން ދަނީ އާއިލާއެއް ބިނާކުރުމުގެ މަގްސަދުގައެވެ. އެހެންކަމުން ޒަވާޖީ ހަޔާތެއް ފަށާއިރު އާއިލާ ބިނާކުރުމާމެދު މަޝްވަރާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ތިމާ އިންނަން އުޅޭ މީހާއާއި ތިމާގެ ވިސްނުން މިކަމުގައި އެއްގޮތްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ އެކި މީހުން ދަރިން ހޯދަން ބޭނުންވަނީ އެކި ދުވަސްވަރުގައި ކަމަށް ވާތީއެވެ. އަދި ހަމަ އެހެންމެ ހޯދާނެ ދަރިންގެ އަދަދާ މެދުވެސް މަޝްވަރާ ކުރަން ޖެހެއެވެ.

- ޕާސަނަލް ސްޕޭސް

ކޮންމެ މީހެއްގެވެސް ޕާސަނަލް ސްޕޭސް އަކީ އެމީހަކަށް ވަރަށް މުހިންމު އެއްޗެކެވެ. ދުވަހެއް ނިމިގެންދާއިރު އެމީހެއްގެ އަމިއްލަ ނަފްސާއެކު އެކަނި ވަގުތު ހޭދަކުރުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ކައިވެނި ކުރުމުގެ ކުރިން ޕާސަނަލް ސްޕޭސްއާމެދު ވާހަކަ ދައްކައި މަޝްވަރާ ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އަދި މިއީ ކައިވެނި އުމުރު ދުވަހަށް ދެމި އޮތުމުގައި ބޮޑު ރޯލެއް އަދާކުރާ ކަމެއްވެސް މެއެވެ.

- މައްސަލަތައް ހައްލު ކުރާ ގޮތް

ކޮންމެ ގުޅުމެއްގައި ވެސް މައްސަލަތަކެއް އުފެދޭނެއެވެ. އެކި މީހުން މައްސަލަ ހައްލު ކުރުމުގައި ގެންގުޅޭނީ އެކި އުސޫލުތަކެވެ. އެހެންކަމުން ކައިވެނި ކުރުމަށްފަހު ދެމަފިރިންގެ މަދުގައި ޖެހޭ މައްސަލަތައް ހައްލު ކުރާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރުމަކީވެސް ކައިވެނި ކުރުމުގެ ކުރިން ކުރަންޖެހޭނެ ކަމެކެވެ. މިގޮތަށް މިކަން ނުކުރެވޭނަމަ މައްސަލަތައް ހައްލު ނުކުރެވި ކައިވެނި އަވަހަށް ރޫޅެން މެދުވެރިވެއެވެ.

- ލަނޑުދަނޑިތައް

ކައިވެނި ކުރުުމުގެ ކުރިން އެކަކު އަނެކަކު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ބެހޭ ގޮތުން މަޝްވާރާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ދިރިއުޅުމުގައި ކުރިއަރާ ދާން ބޭނުންވާ ދާއިރާއާއި، އަދި ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ބެހޭ ގޮތުން ވާހަކަ ދައްކައި މަޝްވަރާ ކުރަން ޖެހެއެވެ. މިގޮތަށް ވާހަކަ ދެއްކުމުގެ ސަބަބުން އެކަކު އަނެކަކަށް ކަންކަމުގައި ކުރިއަރައި ދިޔުމަށް ބާރު އެޅޭނެއެވެ. އަދި ހަމަ އެހެންމެ ކައިވެނީގެ ފަހުން ބައިވެރިޔާ އެކަންކަމަށް ހުރަސް އެޅުމުގެ ފުރުސަތު ކުޑަވާނެއެވެ. އޭގެ ބަދަލުގައި ބައިވެރިޔާގެ އެހީތެރިކަން ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީން ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން