ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އަތޮޅު ކައުންސިލްތަކުން މެމްބަރަކު އިންތިހާބު ކުރުން މިއަދު ބާއްވާއިރު އެ މަގާމަށް ކުރިމަތިލީ އެންމެ ދެ ބޭފުޅުން ކަމަށް ސިޓީތަކާއި ލޯކަލް ގަވާމަންޓާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެލްޖީއޭގެ ބޯޑުގައި އަތޮޅު ކައުންސިލް ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލި އިރު ކުރިމަތިލާފައިވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އަދި ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ އެވެ.

މެމްބަރަކު އިންތިހާބުކުރުމަށް ވޯޓުލާނީ އޮންލައިންކޮށް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެލްޖީއޭއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. އަދި އިންތިހާބުގެ ވަގުތީ ނަތީޖާ ހަމަ މިއަދު އިއުލާނު ކުރާނެ ކަމަށާއި ރަސްމީ ނަތީޖާ އިޢުލާނުކުރާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން