އެމްއެންޔޫ ޖޮބް ފެސްޓިވަލް ގައި ނޭޝަނަލް ޖޮބް ސެންޓަރގެ ޓީމްގެ ބައިވެރިވުން. (ފޮޓޯ، ޖޮބް ސެންޓަރ އިންސްޓަރގްރާމް)
އެމްއެންޔޫ ޖޮބް ފެސްޓިވަލް ގައި ނޭޝަނަލް ޖޮބް ސެންޓަރގެ ޓީމްގެ ބައިވެރިވުން. (ފޮޓޯ، ޖޮބް ސެންޓަރ އިންސްޓަރގްރާމް)
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައިވާކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރި ދެންނެވުމުގައި "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމަށް ބަދަލުގެންނަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންކަމަށް ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލުގެންނަވާފައިވަނީ 23 ޖުލައި 2024 ވީ އަންގާރަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން