ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ މެންބަރުގެ ގޮނޑިއަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް އިންތިހާބުކޮށްފިއެވެ.

​މި އިންތިހާބުގައި ވާދަކުރެއްވީ ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ އާއި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމެވެ.

މިއަދު ބޭއްވި އިންތިހާބުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމަށް ލިބިވަޑައިގެންފައިވަނީ 9 ވޯޓެވެ.

ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއަށް ލިބިވަޑައިގެންފައިވަނީ 6 ވޯޓެވެ.

މި އިންތިހާބުގައި 18 ފަރާތަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވީނަމަވެސް ވޯޓު ލާފައިވަނީ 15 ފަރާތަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން