ފޮޓޯ: އެމްޓީސީސީ
ފޮޓޯ: އެމްޓީސީސީ
މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށް ނިމިދިޔަ ރައީސް ސާލިހުގެ ސަރުކާރުންފަށައި އެމްޓީސީސީން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުގެ ތެރެއިން ނ. އަތޮޅުގައި ފެރީގެ ހިދުމަތް މިއަދު އިފުތިތާހުކޮށްފިއެވެ.

މި ހިދުމަތް އެ އަތޮޅުގައި އިފްތިތާހު ކޮށްފައިވަނީ އިއްޔެ ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ. ރަސްމިއްޔާތުގައި އާދަމް ޝަރީފްގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން، އެންވާރަމެންޓް މިނިސްޓަރު މުޙައްމަދު ތޯރިގު އަދި އެމްޓީސީސީގެ ސީއީއޯ ޢަބްދު ﷲ ޒިޔާދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ނ. އަތޮޅަށް ނިސްބަތްވާ ދާއިރާތަކުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެމްޓީސީސީ އިން ބުނީ ނ. އަތޮޅުގެ އާރްޓީއެލް ފެރީގެ މި ހިދުމަތް ހަފުތާއަކު ހަތް ދުވަހު ދެ ސްޕީޑް ފެރީ މެދުވެރިކޮށް ތިން ރޫޓަކުން ކުރިއަށް ގެންދާނެ ކަމަށާއި އަދި ނ. އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ޝެޑިއުލާ އެއްގޮތަށް ފެރީގައި ދަތުރުކުރެވޭނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

އާންމުން އަހުލުވެރި ކުރުމުގެ ގޮތުން މިއަދުން ފެށިގެން އޮގަސްޓް މަހުގެ 01 ވަނަ ދުވަހާ ހަމައަށް މި ހިދުމަތް ނ. އަތޮޅުގައި ކުރިއަށްދާނީ އެއްވެސް އަގެއް ނުނަގައި ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީ އިން ށ. އަތޮޅަށް އާރޓީއެލް ފެރީގެ ނިޒާމް ތަޢާރަފް ކުރިއިރު، އެކުންފުނިން މިހާރުވެސް ދަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ޅ. އަތޮޅުގެ އިތުރުން ދެކުނުގެ ބައެއް އަތޮޅުތަކުގައި ވެސް އެ ހިދުމަތް ދެމުންނެވެ. މީ ކުރީ ސަރުކާރުން ވަރަށް މުހިއްމު އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން