ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އޮތީ އެމަނިކުފާނާއި ދެކޮޅަށް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޕީޖީލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޕީޖީލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވީ، ރާއްޖޭގެ ކަންކަން ހިނގަމުން ދާގޮތުން އިދިކޮޅު ޕާޓީ އޮންނަން ނުޖެހޭ ކަމަށެވެ. ޒިޔާދު ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރު އޮތީ އެމަނިކުފާނާއި ދެކޮޅަށް ކަމަށެވެ.
އެގޮތުން ސަރުކާރުގެ ނިންމުންތައް ހުރީ ރައީސްގެ ނިންމެވުންތަކާއި ހިލާފަށް ކަމަށް ޒިޔާދު ވިދާޅުވިއެވެ. ފިއްޓޭ ވިދާޅުވީ ރައްޔިތުން މިއަދު ތިބީ ރައީސް މުޢިއްޒު ވައުދެއް ވެވަޑައިގެންފާނެތީ ބިރުން ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ކުރަށްވާނެ ކަމަށް ވިދާޅުވާ އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ އަމަލުތައް ހުރީ އެމަނިކުފާނު ވިދާޅުވާ ބަހާއި ދިމާ އިދިކޮޅަށް ކަމަށް ފިއްޓޭ ވިދާޅުވިއެވެ.
"ހަގީގަތުގައި އިދިކޮޅުގައި މިތިބީ ރައީސް މުޢިއްޒުގެ ސަރުކާރު، ރައީސް މުޢިއްޒާއި އިދިކޮޅު، ކަންކަން މިވާގޮތުން ރައީސް މުޢިއްޒު ކަމެއް ކުރަން ވިދާޅުވެއްޖެއްޔާ ސީދާ އެއާ އިދިކޮޅަށް، ރައީސް މުޢިއްޒު ވިދާޅުވި 20 ރުފިޔާއަށް ވުރެ މަސްކިލޯ އެއް ދަށެއް ނުވާނެއޭ މިއަދު 5 ރުފިޔާ އަށް ހުރީ، ރައީސް މުއިއްޒު ވިދާޅުވި ޑޮލަރުގެ އަގު ދެން މައްޗަކަށް ނާރާނެއޭ ތިރީގައި ހުންނާނީ ހިފެހެއްޓިފައޭ، މިއަދު 18، 20 ގައި ޑޮލަރު ހުރީ، ބުރިޖަކުން ޓޯލް ފީއެއް ނުނަގާނަމޭ ވިދާޅުވި، މިއަދު އެ ނިންމީ ނަގަން، ޓެކްސީ ޑްރައިވަރުންނަށް މާދަމާ އެމްޓީސީސީ މެދުވެރިގެން ޓެކްސީ އެ ފައްޓަވަނީ،" ފިއްޓޭ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ މި ސަރުކާރަކީ ދޯހަޅި ވާނުވާ ނޭނގޭ ސަރުކާރެއް ކަމަށެވެ. ފިއްޓޭ ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ހިންގުންތެރިކަމެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ގޯސް ކަމެއް ކޮށްފައި އޮތްނަމަ އެކަަމެއް ބަލަންވީ ކަމަށެވެ. އެގޮތުން ރައްޔިތުން ސަރުކާރަށް މުޅި ދައުލަތް ދީފައިވާއިރު ދައުލަތަށް ގެއްލިފައި ހުރި ފައިސާވެސް ހޯދަންވީ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް ފައިސާ އެއް ނުހޯދޭ ކަމަށް ފިއްޓޭ ވިދާޅުވިއެވެ. ފިއްޓޭ ވަނީ ރައްޔިތުންގެ އަޑު އެއްސެވުމަށް ރައީސް އަށް ގޮވާލައްވާފައެެވެ.
ފިއްޓޭ އިތުރަށް ވިދާޅުވީ މިހާރު ނިމެމުންދަނީ އެމްޑީޕީން ފަށައި ބިންގާ އެޅި ކަންތައްތައް ކަމަށާއި. ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ އެމްޑީޕީ އަށް ކަމަށެވެ. އަދި އެކަމަށް އެންމެ ފަރިތައީވެސް އެމްޑީޕީ ކަމަށް ފިއްޓެ ވިދާޅުވިއެވެ.
"ވިޔަފާރިތައް ހުއްޓެމުންދަނީ ފައިސާ އެއް ގައުމުގައި ދައުރެއް ނުވޭ ޚަރަދު ކުޑަކުރަންވެގެން ސަރުކާރުން އެބަ ގޮވާލާ،" ފިއްޓޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު