މިނިވަން ދުވަސް ފާހަގަކުރާއިރު ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނެތުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއް ކަމަަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި އާދަމް ޝަރީފް ވިދާޅުވީ މިނިވަން ދުވަސް ފާހަގަކުރާއިރު ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނެތުމަކީ އުފާކުރައްވާ ކަމެއް ކަމަށެެވެ. އަދި ރައްޔިތުން މިއަދު ބޭނުން ވަނީ އުފާވެރިކަމާއި ފާގަތިކަމުގައި އުޅެވޭނެ ދުވަސްތަކެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



މިނިސްޓަރު ވިދާޅުވީ އެ މަގުން މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރާއި ކައުންސިލްތަކުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި މިނިސްޓަރު އާދަމް ޝަރީފް ވަނީ ރައްޔިތުންނަށް ބާއްޖަވެރި ކަމަށް އެދިވަޑައިގެންފައެވެެ.

ރާއްޖެއަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އެވެ. މިއަހަރު މި ފާހަގަކުރަނީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން