ފަރުދުންގެ މިނިވަންކަން ދިފާއުކުރަން އެމްޑީޕީ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް ވިދާޅުވީ ގައުމެއްގެ ހަގީގީ މިނިވަންކަން އުފެދިގެން އަންނަނީ ފަރުދުންގެ ތެރެއިން ކަމަށާއި އެ މިނިވަންކަން ދިފާއުކޮށް ނެގެހެއްޓުމަށް ކުރަންޖެހުނު ކޮންމެ ކަމަކާއި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން އެމްޑީޕީ އަބަދުވެސް އޮންނާނީ ސާބިތުކަމާ އެކީ ތައްޔާރަށް ކަމަށެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން