ޒަހީނުއްދީން ސަޢީދު   26 ޖުލައި 2024 - 9:33
މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ ޝަރަފުގެ ހިނގާލުން ފަސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މިނިވަން ދުވަހާއި ގުޅިގެން މާލޭގައި މިއަދު ހަވީރު ބާއްވަން ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފަހުގެ ތާރިހަކަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި ޝަރަފުގެ ހިނގާލުން ފަސްކޮށްފައިވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހިނގާލުން ބާއްވާތީ ހިނގާލުން ކުރިއަށް ދާ ގަޑީގައި މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.

މިނިވަން ދުވަހުގެ މުނާސަބާގައި ކޮންމެ އަހަރަކުވެސް ބާއްވާ މި ހިނގާލުން ދެން ބާއްވާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން