މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހާ ގުޅިގެން ހަވީރު މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުން ބާތިލުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރިން ބުނީ ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކުރީ މިނިވަން ދުވަހާ ގުޅިގެން ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާތީއާއެކު އެ ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެތީވެ ކަމަށެވެ.

އެގޮތުން މިއަދު ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި އޮތީ ހަމަޖައްސައިފަ އެވެ.

ނަމަވެސް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑް ވިއްސާރަވުމާއި ގުޅިގެން ކެންސަލް ވެފައިވާތީ މިއަދު ހަވީރު 6-4 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް މިހާރު ކެންސަލްކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން