ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އެފައިސާ ލިބިއްޖެނަމަ ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ މުނާސަބާތާއި ގުޅިގެން މިރޭ ޝޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި، އެފައިސާ ދައުލަތަށް އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ކުރި މަސައްކަތުން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ އިން ބައެއް ފައިސާ ލިބިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ނުހޯދާ، ކޯޕަރޭޓިވް އިންކަމް ޓެކްސްގެ ގޮތުގައި 1000 މިލިއަން ރުފިޔާ ނުވަތަ 1 ބިލިއަން ރުފިޔާ ނުހޯދާ، ގާތްގަނޑަކަށް 13000 މިލިއަން ނުވަތަ 13 ބިލިއަން ރުފިޔާގެ ފައިސާ މިހިރީ ނުހޯދާ ހޯދާކަށް ނޫޅޭ، މިފައިސާ އެކަނި ހޯދިއަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ. އެމަަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ އެފައިސާ ހޯދާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން