ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިރޭ ޝޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޭރުގެ ދަރަނި ދެއްކުމަށްޓަކައި އެންމެ ބޮޑު އެއްޗެއް އެހީގެ ގޮތުގައި އަބަދުވެސް ދޭ ދެ ގައުމަކީ ޗައިނާ އަދި އިންޑިއާ ކަމަށެވެ. އަދި އެ ދެ ގައުމުގެ ސަރުކާރުން ރާއްޖޭގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދާ ދިނުމަށް އެހީތެރިކަން ދޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެކަން ފާހަގަކުރަށްވައި އެ ދެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރަށްވާފައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އިންޑިއާއަށް ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު އެ ގައުމުގެ ސަރުކާރުން ރޯލް އޯވާ ކޮށްދެއްވާފައިވާ ކަަމަށެވެ. އަދި ކާބޯތަކެތީގެ ކޯޓާވެސް ދެ އަހަރު ދުވަހަށް އިތުރުކޮށް، ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާވެސް ބޭނުން ކުރެވޭނެ މަގު ފަހިކޮށްދެއްވާފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ފަސް އަހަރަށް ފަސްކޮށްދޭން ނިންމަދޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށްވެސް ރައީސް މިރޭ ވިދާޅުވިއެވެ.

"ޗައިނާ ސަރުކާރުން ވަނީ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް، އޭގެ ކުރިން ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތައް ނުދައްކާ، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކާއި ލޯނުތަކުގެ އިންޓަރެސްޓް ނުދައްކާ ގޮތަށް ނިންމާ ދެއްވާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން