ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން، ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓިއޭ) އަށް އަންނަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

މިނިވަން ދުވަސް ފާހަގަކުރަން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން، ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓިއޭ) އަށް އަންނަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފަށާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޗައިނާގެ އިތުރުން ތުރުކީ އާއި އިނގިރޭސި ވިލާތާއެކު ވެސް އެފްޓީއޭއަކަށް ދިޔުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެމަނިކުފާނުގެ އުއްމީދަކީ އިންޑިއާއެކު ވެސް އެފްޓީއޭގައި ސޮއިކުރެވިގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ޗައިނާގެ އެފްޓީއޭ ތަންފީޒުކުރުމުގެ ނަތީޖާއަކަށް ވަނީ ނުވަ ސެކްޓަރެއްގެ ޖުމުލަ 7897 އައިޓަމަކުން ޑިއުޓީ އުނިވުން ކަމަށެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ 298 ބާވަތެއް ހިމެނޭ ކަން ރައީސް ފާހަގަކުރެއްވިއެވެ.

އެފްޓީއޭ ތަންފީޒުކުރަން ފެށުމުން، އެއްބަސްވުމުގައި ހިމެނޭ އެ ބާވަތްތައް ރާއްޖޭން ޗައިނާ އަށް ފޮނުވުމަށް ޓެކްސްއެއް ދައްކާކަށް ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން