މާލޭގައި މީހަކު ގެއަކަށް ވައްދައި، ބަރަހަނާކޮށް ފައިސާ ފޭރިގެންފައިވާ މައްސަލައަކާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މާލޭ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް ބިރުދައްކައިގެން އެމީހާގެ ކޭޝްކާޑުގެ ޕިން ހޯދުމަށްފަހު، އެކައުންޓުގައި ހުރި ފައިސާ ފޭރުނު މައްސަލައެއް މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެެވެ. އަދި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެކަކުގެ ބަންދަށް 30 ދުވަސް އަދި ދެވަނަ މީހާގެ ބަންދަށް 60 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން