އިސްލާމީ ދާއިރާތަކާ ގުޅޭ ފޮތްތައް، އިސްލާމިކް ލައިބްރަރީ އަށް ހަދިޔާކުރުމަށް އިލްމުވެރިންނާއި މުސައްނިފުންނަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަަލީ ސައީދު ގޮވާލައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް މިދިޔަ ހަފްތާގައި ލޯންޗުކުރި އިރު އިސްލާމީ ބައެއް ފޮތްތައް ހިމަނައި އޮންލައިން ލައިބްރަރީއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

މި ލައިބްރަރީއަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި އިލްމީ ދިރާސާކުރުމަށާއި މައުލޫމާތު ފެތުރުމަށްޓަކައި މާތް ﷲ އަށްޓަކައި ވަގުފުކޮށްފައިވާ ލައިބްރަރީއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެތަނުން ފޮތެއް ނުވަތަ ފޮތަކުން ބައެއް ވިޔަސް ވިޔަފާރީގެ އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް އެކްސްގައި މިއަދު ވިދާޅުވީ އަމާޒަކީ އިސްލާމީ އަދި ތަފާތު ދާއިރާތަކުން ވީހާ ވެސް ގިނަ އަދަދެއްގެ ފޮތްތައް އޮންލައިންކޮށް ލިބޭ ގޮތް ހެދުން ކަމަށެވެ.

އެހެންކަމުން އިލްމުވެރިންނާއި މުޞައްނިފުން ފޮތް ހަދިޔާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް ލައިބްރަރީގައި މި ވަގުތު އިސްލާމީ 10 ދާއިރާއަކާ ގުޅޭ ފޮތްތައް ހިމެނެ އެވެ. އޭގެ ތެރޭގައި އަގީދާ، ސިޔަރަތު އަދި ފިގުހު ފަދަ ދާއިރާތައް ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން