ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު އަވަހާރަވެއްޖެ އެވެ.

ހާމިދު އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިޅާއަށް ގިނަ ބަޔަކު ދަނީ ތައުޒިޔާކިޔަމުން ނެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ހާމިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި ހާމިދު އަވަހާރަވީ މިއަދު މެންދުރުކުރީގެ ވަގުތެއްގަ އެވެ.

ހާމިދު ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމު ނިމިގެންދިޔަ ދައުރުގައި ފުރުއްވިއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ހާމިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު އެކްސްގައި ވިދާޅުވީ ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއް ކަމަށާއި އަދި އެދާއިރާއިން ޤައުމަށާއި ދައުލަތަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް އޭނާ ކޮށްދެއްވައިފައިވާ ކަމަށެވެ.

ހާމިދު މީގެ ކުރިން ވަނީ 1998އާއި 2007އާ ދެމެދު ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖާ ޓެކްނިކަލް ސާވިސަސް ޔުނިޓް އަދި ޗީފް ނެޓްވޯކް އެޑްމިނިސްޓްރޭޓާއެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން