އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ނުލިބިވާތީ އެ ފައިސާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.
މީރާގެ 2022 ވަނަ އަހަރުގެ މާލީ ބަޔާން އޮޑިޓް ކުރެއްވުމަށްފަހު އޮޑިޓް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2022 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެންޖެހި ނުލިބިހުރި ފައިސާގެ އަދަދު 14.7 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.
އަދި އެ ފައިސާގެ ބޮޑުބައެއް ހިއްސާ ކުރަނީ ޓެކްސް ފިޔަވާ އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ އަމްދަނީގެ ފައިސާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނީ، 31 ޑިސެންބަރު 2022 ގެ ނިޔަލަށް މީރާއަށް ނުލިބިހުރި ފައިސާގެ 64 އިންސައްތައަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ކުއްޔާއި، ރަށްރަށުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ކަމަށެވެ.
އަދި ރިސޯޓްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 9 ބިލިއަން ރުފިޔާގެ ތެރެއިން 6.4 ބިލިއަން ރުފިޔާއަކީ ޖުރިމަނާ އަދި އިންޓަރެސްޓްގެ ގޮތުގައި ލިބެންޖެހޭ ފައިސާކަމަށް ވެސް ބުނެފައިވެއެވެ.
މި ފައިސާ ހޯދުމަށް މީރާއިން އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. ނަމަވެސް، އެފައިސާ ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކުރެވުނު ކަންކަން ހައްލު ކުރުމާއި ގުޅޭގޮތުން އަދި ފައިސާ ހޯދުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކޮށްގެން، އެ ފައިސާ އެކަށީގެންވާ މުއްދަތެއްގައި ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓަރ ޖެނެރަލް ވަނީ މީރާއަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު