ސްކޫލް ރަސްމީ ގަޑީގައި ޓީޗަރު ނިދަން އޮވެ ދަރިވަރުން ޓީޗަރަށް ފިނިކޮށްދޭން ފަންކާ އަނބުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ދައުރުވާން ފަށައިފިއެވެ. އަވައްޓެރި އިންޑިޔާގައި ހިނގި މި ހާދިސާގައި ނިދަން އޮތީ ސަރުކާރުގެ ސްކޫލެއްގެ ޕްރައިމަރީ ޓީޗަރެކެވެ. އޭނާ ނިދަން އޮތީ ކުލާސް ރޫމްގައި ދަރިވަރުން ކުލާހުގައި ތިއްބާއެވެ.
މި ހާދިސާގެ ސީސީޓީވީ ފޫޓޭޖުވެސް މިހާރު ދައުރުވާން ފަށާފައިވާއިރު ކުލާހުގައި ތިބި ދަރިވަރުންގެ ބެލެނިވެރިން ވަނީ މިކަމާ ހިންހަމަނުޖެހުން ފާޅުކޮށް މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
ނަން ނުޖެހުމަށް އެދި އިންޑިޔާގެ ނޫހަކަށް އިންޓަވިއު ދެމުން މި ހާދިސާ ހިނގި ކުލާހުގެ ދަރިވަރެއްގެ ބެލެނިވެރިއަކު ވަނީ މިކަމާ ވަރަށް ކަންބޮޑުވާކަން ހާމަކޮށް މި މައްސަލަ ބަލައިދިނުމަށް ކަލާބެހޭ ފަރާތްތަކުން އެދިފައެވެ.
"އަޅުގަނޑުމެންގެ ކުދިން ސަރުކާރުގެ ސްކޫލްތަކަށް ފޮނުވަނީ އަމިއްލައަށް ސްކޫލް ފީ ނުދެއްކޭތީ. ދައުލަތުގެ ސްކޫލްތަކުގައި ޓީޗަރުން ކިޔަވައިދިނުމުގެ ބަދަލުގައި މިގޮތަށް ކަންތައް ކުރާނަމަ އަޅުގަނޑުމެންގެ ދަރިންނަށް ދަސްވާނީ ކޮން އެއްޗެއް؟ އެފަދަ ޓީޗަރުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ." ކަންބޮޑުވުން ފާޅުކޮށް ބެލެނިވެރިޔާ ބުންޏެވެ.
މި މައްސަލައާއި ގުޅިގެން މި ހާދިސާ ހިނގިގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހާދިސާ ހިނގި އަވަށުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު