މ.މެޑޯޒް، އަލްމަރުޙޫމް އަބްދުއްލަތީފު ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް)
މ.މެޑޯޒް، އަލްމަރުޙޫމް އަބްދުއްލަތީފު ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް)
މަޝްހޫރު ވިޔަފާރިވެރިޔާ އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެއެވެ.

މ.މެޑޯޒް، އަބްދުއްލަތީފު ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް)، އަވަހާރަވެފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 94 އަހަރެވެ.

އަތަމާ އަބްދުއްލަތީފަކީ 1980ގެ އަހަރުތަކުން ފެށިގެން 2000ގެ ކުރީކޮޅާ ހަމައަށް ރާއްޖޭން އެންމެ ގިނަ ބަޔަކު ހައްޖަށް ގެންދިޔަ އަތަމާ ގްރޫޕްގެ ވެރިފަރާތެވެ. އޭގެ އިތުރުން ތަފާތު އިތުރު ވިޔަފާރިތައްވެސް ޢަބްދުއްލަތީފް ކުރަށްވާފައިވެއެވެ.

އަލްމަރުޙޫމް އަބްދުއްލަތީފް ވަނީ ވިޔަފާރީގެ ނަފާއިން މާލެ އާއި އަތޮޅުތެރޭގައި މިސްކިތްތަކެއްވެސް ބިނާކޮށްދެއްވައިފައެވެ.

އެހެންކަމުން ޖަމާއަތަށް ފައިދާ ހުރި ހާއްސަ ހިދުމަތުގެ ދާއިރާއިން 1991 ވަނަ އަހަރު ދައުލަތުން ދޭ ހާއްސަ އިނާމުވެސް އަތަމާ ލަތީފަށް ލިބިވަޑައިގެންފައި ވެއެވެ.

އަލްމަރުޙޫމް އަބްދުއްލަތީފް ހަތަރު ކައިވެންޏެއް ކުރެއްވިއިރު ނުވަ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން