އާ މެނޭޖްމެންޓް ހަވާލުވިއިރު އާންމު ފަރާތްތަކާއި ކުންފުނިތަކަށް އެކަނިވެސް 1.7 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް ކަމަށާއި އޭގެ ތެރެއިން މިދިޔަ 8 މަސް ތެރޭގައި 300 މިލިއަން ރުފިޔާ ދައްކާ ޙަލާސް ކޮށްފައިވާ ކަމަަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނެފައިވަނީ މި 300 މިލިއަން ރުފިޔާ ދައްކާ ޚަލާސް ކޮށްފައިވަނީ މިހާރު ކުރަމުންދާ ހުރިހާ މަސައްކަތްތަކާއި ގަންނަމުންދާ ހުރިހާ މުދަލަކަށް ފައިސާ ދައްކަމުންކަމަށެވެ. މީގެ އިތުރުން މިއަދާއި ހަމަޔަށް 278 ވެންޑަރުންނަށް ފައިސާ ދައްކާ އެއްކޮށް ޚަލާސްކޮށްފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ދަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ފެނަކައިން ކުރާ ދަތުރުތަކަށް ފެނަކައިން ވަނީ ދޯންޏެއް ކުއްޔަށް ހިފާފައެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ، މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގެ މަސައްކަތްތަކަށް ދޯންޏެއް ކުއްޔަށް ހިފުމުގެ ސަބަބުން އަހަރެއްގެ މައްޗަށް 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ދަރަނި ރީސްޓްރަކްޗަރ ކުރުމާއި، ސީއެސްއާރަށް ކުރަމުން ގެންދިޔަ ބޭކާރު ޚަރަދުތައް އެއްކޮށްް ހުއްޓާލުން ހިމެނެއެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ، މުޢާޒް މުޙައްމަދު ރަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ފެނަކައަށް ގެއްލުންވާނެ ގޮތަށް އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދާނެ ކަމަށާއި، ރަށްރަށުގައި ކުރިމަތިވަމުންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ މައްސަލަތައް ގިނަ ވެފައި މިވަނީ މީގެ ކުރިން އެ ވަސީލަތްތައް ފޯރުކޮށްްދެމުންދާ ތަކެތި އޯވާހޯލް ނުކޮށް ގިނަ ދުވަސްވެފައި ހުރުމާއި ގުޅިގެންކަމަށެވެ. މީގެ އިތުރުން މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މުޢާޒް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން