އެންމެ ފަހުން އާރުޓީއެލްގެ ފެރީގެ ހިދުމަތް ފެށި ނ. އަތޮޅުގައި އެ ހިދުމަތް ދޭނެ އަގުތައް އިއުލާންކޮށްފި އެވެ.

އާރުޓީއެލްގެ ހިދުމަތް ނ. އަތޮޅުގައި ފަށާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް އަދި ހިދުމަތް ދެމުންދަނީ ހިލެ އެވެ.

އެ ހިދުމަތުން ނަގާނެ ފީ ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުގެ ދެކޮޅު ޓިކެޓްގެ ގޮތުގައި ނަގަން ނިންމާފައިވަނީ 65 ރުފިޔާއާއި 180 އާ ދެމެދުގެ އަގުތަކެކެވެ.

އެމްޓީސީސީއިން ބުނީ ނ. އަތޮޅުގެ އާރްޓީއެލް ފެރީގެ މި ހިދުމަތް ހަފުތާއަކު ހަތް ދުވަހު ދެ ސްޕީޑް ފެރީ މެދުވެރިކޮށް ތިން ރޫޓަކުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ނ. އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ޝެޑިއުލާ އެއްގޮތަށް ފެރީގައި ދަތުރުކުރެވޭނެކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ.

އެމްޓީސީސީ އިން ށ. އަތޮޅަށް އާރޓީއެލް ފެރީގެ ނިޒާމް ތަޢާރަފް ކުރިއިރު، އެކުންފުނިން މިހާރުވެސް ދަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ޅ. އަތޮޅުގެ އިތުރުން ދެކުނުގެ ބައެއް އަތޮޅުތަކުގައި ވެސް އެ ހިދުމަތް ދެމުންނެވެ. މިއީ ކުރީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިޔަށް ގެންދިޔަ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން