ލ. ފޮނަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށަށް 1200 ކޭވީގެ ޖަނަރޭޓަރެއް ފޮނުވާފައިވާ ކަމަށް އެރަށުގައި ކަރަންޓުގެ ހިދުމަށް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ލ.ފޮނަދޫ އަށް 1200 ކޭވީ ޖަނަރޭޓަރެއް މިހާރު ވަނީ ފޮނުވާފައިވާ ކަމަށާއި ޖަނަނޭޓަރ ރަށަށް ލިބުމާ އެކު އިންސްޓޯލްކޮށް ރަންކުރުމުގެ މަސައްކަތްތައް ފެށިގެން ދާނެ ކަމަށެވެ.

‏އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައިވެސް އެ ކޯޕަރޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއަށް އާ ޖަނަރޭޓަރެއް ގެންނަން ތައްޔާރުވެފައިވާ ކަމަށްވެސް މިއަދު ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން އައްޑޫގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަންނަ އޮގަސްޓުމަހު 1.5 މެގަވޯޓުގެ އާ ޖަނަރޭޓަރެއް ގެންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އައްޑޫއަށް މިހާރުވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން 1.5 މެގަވޯޓުގެ އާ ޖަނަރޭޓަރެއް ގަނެފައިވާ ކަމަށެވެ. އަދި އެ ޖަނަރޭޓަރު އޮގަސްޓުމަހުގެ ތެރޭގައި ބަހައްޓާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

އިއްބެ

31-Jul-2024

މިފަހަރު ހުރިހައިއެއްޗެއްއޮންނާނީ ލފޮނަދުއަށް މިއީފޮނަދޫގެވެރިކަމެއް



ޓްރެންޑިން