ކުޅުދުއްފުށީ އިންޖީނުގޭގެ ހަތަރު ފާރު ރާނަން އެކަނި މިދިޔަ ސަރުކާރުގައި 45 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ކުޅުދުއްފުށީގެ އިންޖީނުގޭގެ މަސައްކަތް ނިންމަން އެންމެ ފުރަތަމަ ހަވާލުކުރީ 15 މިލިއަން ރުފިޔާއަށް ކަމަށެވެ.
އެކަމަކު އެ މަސައްކަތް ކުރިއަށް ނުދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ފަހުން ފެނަކަ ކޯޕަރޭޝަނުން އެ މަސައްކަތް އަމިއްލައަށް ކުރުމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށް ޖުމްލަ 45 މިލިއަން ހަރަދުކުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެކަމަކު އެވަރުންވެސް މަސައްކަތް ނިމުނީ ޒައްރެއްގެ މިންވަރުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އެ މަސައްކަތް ކުރަމުން ގޮސް ނިމިފައި ހުރީ ހަތަރު ފާރު. މި ހިސާބަށް ނިމުނު އިރު މިހާރު 45 މިލިއަން އަރައިފި. އަދި އޭގެ ޑަބަލް މަސައްކަތް ކުރަން އެބައޮތް،" ތޯރިގު ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އިންޖީނުގެ ހަދަން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށް މަސައްކަތް އެއްވެސް ވަރަަކަށް ނުނިމޭކަމަށް މިނިސްޓަރު ވިދާޅުވި އިރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދުވެސް ދާދި ފަހުން ވިދާޅުވީ އެހެން ރަށްރަށުގައި ވެސް އިންޖީނުގެތައް ހަދަން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފައިވާ ކަމަށާއި އަދި މަަސައްކަތްތައް ނިމުމަކާ ގާތަށް ވެސް ނުދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު