އަންނަ ހުކުރު ދުވަހު ހަވީރު މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ފާހަގަކުރި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހާ ގުޅިގެން ވެސް މާލޭގެ މަގުތަކުގައި އެ ދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކުރަން ފުރަތަމަ ނިންމި އެވެ.

އެއީ މިނިވަން ދުވަހާ ގުޅިގެން ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް އެދުވަހު ނިންމާފައި އޮތުމުންނެވެ.

ނަމަވެސް އެ ދުވަހު މޫސުން ގޯސްވުމުން ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުގެ ހިނގާލުން ކެންސަލް ކުރުމުން އެ ދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ނެރުނު އިއުލާން ވަނީ ބާތިލުކޮށްފަ އެވެ.

ނަމަވެސް ކުރިން ކެންސަލް ކުރި ހިނގާލުން އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާތީ އެ ދުވަހު ހަވީރު 16:00 އިން 18:00 އަށް މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާންގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން