އަވައްޓެރި އިންޑިޔާގެ ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 93 މީހުން މަރުވެ، ގިނަ ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިއްޖެއެވެ.

ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްވެސް ކުރިމަތިވެފައިވާއިރު ގިނަ ބަޔަކު ވަނީ ވަންނާނެ ތަން ގެއްލި މަގުމަތި ވެފައެވެ. އަދި ބޯ ވިއްސާރައިގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި އޮޔާދިޔަ ގިނަ ބަޔަކު ސަލާމަތް ކޮށްފައިވާއިރު އޭގެ ތެރެއިން 128 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް ކެރެލާގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

ކެރެލާގެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕިނަރައީ ވިޖަޔަން އެގައުމުގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާތަނަށް މަރުވެފައިވާ 93 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި 128 މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި ހާދިސާ އަކީ ގުދުރަތީ މުސީބާތްތަކުގެ ތެރެއިން އެ ސްޓޭޓަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު އެއް ހާދިސާ ކަމަށެވެ.

އަންގާރަ ދުވަހުގެ 2 ޖަހާ އެހާކަންހާއިރު ވަޔަނާޑް ޑިސްޓްރިކްޓްގެ ސައި ޕްލާންޓޭޝަންތަކާ ކައިރިން ބިންހެލުންތަކެއް އައިސްފައިވާކަމަށް އެގައުމުގެ ގައުމީ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.

ބިންހެލުމުގެ ސަބަބުން ކެރެލާގެ ހަތަރު ސަރަހައްދެއްގައި ފެންބޮޑުވެ ގިނަ ގެއްލުންތަކެއް ވަނީ ވެފައެވެ. ސަލާމަތީ މަސައްކަތްތަކަށް ހުރަސްއެޅިފައިވަނީ ބޯވިއްސާރައިގައި މަގުތައް ބަންދުވުމުންނެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި މަގުތައް ބަންދުވުމާގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ބުރޫއަރާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ވަގުތީ ހިޔާތަކުގައި ނިދާފައި ތިބި ކެރާލާގެ ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރާ މީހުންނާއި އެމީހުންގެ އާއިލާތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން