އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމުގެ ޔަގީކަން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ އެއްވެސް މަޝްރޫއެއް މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ސޮއިކޮށް، އަމަލީ މަސައްކަތް ފަށާފައި ނުވާ މަޝްރޫއުތައް މި ވަގުތު ނުފަށައި، އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

އެގޮތަށް ސަރުކާރުން ނިންމާފައިވަނީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައި ނުވާތީ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މި އަހަރުގެ ބަޖެޓު އެކުލަވާލިއިރު، އޭރުގެ ސަރުކާރުން ހިޔާލު ހޯދި ނަމަވެސް މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ފައިސާ ހިމަނާފައި ނުވާތީ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރި ކަން ރަައީސް މުޢިއްޒު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން