ރާއްޖޭގެ ކަސްޓަމުގެ މުވައްޒަފުންނަށް ދޫކުރާ ފުލެޓްތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އިތުރުފުޅު ހެއްދެވުމުން ކޮމިޝަނަރ އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ހައިދަރާ ބައްދަލުކުރައްވައިފި އެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްއަށް ޚާއްސަކޮށްފައިވާ ކަމަށް ކުރީސަރުކާރުން ބުނެފައިވާ 100 ފްލެޓް ނުހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އިއްޔެ ވަނީ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގައި މިނިސްޓަރު އެހެން ވިދާޅުވުމާއި ގުޅިގެން ކަަސްޓަމްސް މުވައްޒަފުންގެ މެދުގައި ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފައެވެ. އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ، ސޮއިކުރަށްވައި ނެރުއްވި އެތެރޭގެ މެމޯއެއްގައި ވިދާޅުވީ ފުލެޓްތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދާއި ބައްދަލުކުރެއްވި ކަމަށެވެ. އަދި މީގެ ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް ގެދޮރުވެރިޔާ ސްކީމުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކުރި 100 ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ދެއްވި ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ކަސްޓަމްސްގެ މުވައްޒުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައި ދެއްވަން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، ފްލެޓް އިމާރާތް ކުރަން ބޭނުންވާ ބިން މާލެ ސަރަހައްދުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ހައިދަރު ވިދާޅުވި ކަމަށް ކޮމިޝަނާ ޖެނެރަލްގެ މެމޯގައި ބުނެފައިވެއެވެ. އަދި އެ ކަންކަމާ ގުޅޭ ގޮތުން ކަސްޓަމްސް އާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާކޮށް، ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަސްޓަމުގެ ވެރިޔާ ނެރުނު މެމޯގައި ބުނެފައި ވެއެވެ.

އެ މެމޯގައި ދިޔާނާ ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކުރި 100 ފްލެޓާ ގުޅޭ މުއާމަލާތްތައް ހިނގާފައިވާ ގޮތާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު ހިންގާފައިވާ މުއާމަލާތްތަކުގެ ވާހަކަ ތަކުގެ ތަފްސީލުތައް ވެސް ހިމަނާފައެވެ.

ކަސްޓަމު މުވައްޒިފުންގެ ފްލެޓް ތަކުގެ މައްސަލައިގައި ހައިދަރު ކަނޑައެޅިގެން މަނިލީހުގައި އިތުރުފުޅު ހެއްދެވުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އެހޮތުން ހައިދަރަކީ ސަރުކާރުގެ ސިޔާސަތުތަކާއި އަދި ރައީސް ޑރ މުއިއްޒުގެ ވަޢުދުތަކާއި ކަނޑައެޅިގެން ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވަރަށް ގިނަ ބަޔަކު ސިފަކޮށްފައި ވެއެވެ. އަދި ހައިދަރަކީ މަގާމަށް ކުފޫ ހަމަނުވާ، ވާނުވާ އެނގިވަޑައި ނުގަންނަވާ ބޭފުޅެއްގެ ގޮތުގައިވެސް ބައެއް މީހުން ސިފަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން