ސަރުކާރުން މަސައްކަތްތައް ކުރާނީ ރައްޔިތުންނާ އެއްހަމައެއްގައި ތިބެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މަައިޕާޓީ ޕީއެންސީގެ ޖަގަހަގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ސަރުކާރުން މަސައްކަތްތައް ކުރާނީ ރައްޔިތުންނާ އެއްހަމައެއްގައި ތިބެގެން ކަމަށެވެ. ނާޒިމް ވިދާޅުވީ ދައުލަތުގެ ޚަރަދުކުޑަކުރަން ރައީސް ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅަކުން އެއްވެސް ރައްޔިތަކަށް ދެރައެއް ގެއްލުމެއް ނުލިބޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޚަރަދުކުޑަކުރަން ފިޔަވަޅު އެޅި ނަމަވެސް ރައްޔިތުންނަށް މިހާރު ވެސް ފޯރުކޮށްދެމުންދާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ކަމަށެވެ. ނާޒިމް އިތުރަށް ވިދާޅުވީ ބަޖެޓް އެކުލަވާލާއިރު އެންމެ ބޮޑަށް ކަންކަން ބޭނުންވެފައިވާ މީހުންގެ ބޭނުންތަކަށް އުނިކަން ނާންނާނެ ގޮތަށް ބަޖެޓް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެންމެ އަވަހަށް ނިންމެން އޮތް މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި އެގޮތަށް ތަރުތީބު ކުރުމުގެ ސަބަބުން މަޝްރޫއުތައް ނިމޭ ވަރު އަވަސް ވާނެ ކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރައީސް އަޅުއްވާ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވަމުން ގެންދަވަނީ ހަރުދަނާ ގޮތެއްގައި ކަމަށެވެ. އަދި ރައްޔިތަކާ ހަތަރުކަޅި ހަމަކޮށް ނުލެވޭވަރުގެ ކަމެއް ރައީސް ނުކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ހުރިހާ ކަމެއްވެސް ރަައީސް ކުރައްވާނީ އަދިވެސް ރައްޔިތުން ކައިރިއަށް ދާންޖެހޭނެ ކަން އެނގިގެން އަދި މިއަށްވުރެ މާއުފާވެރި ހާލަތެއްގައި އޮންނާނެ ކަން ދެނެގެން،" ނާޒިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން