އެކްސިޑެންޓުގައި ބާރަށް ދުއްވީ ރަތް ކުލައިގެ ޕްރައިވެޓް ބޯޑު ޖެހި ކާރެއް.
އެކްސިޑެންޓުގައި ބާރަށް ދުއްވީ ރަތް ކުލައިގެ ޕްރައިވެޓް ބޯޑު ޖެހި ކާރެއް.
ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގާ ޖައްސާ އޭނާ ބުރުއްސާލާފައި ޑްރައިވަރު ފިލައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު މިއަދު މެންދުރެއް ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓް ވުމުން ފިލައިގެން ގޮސްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އެހެން ކަމުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖެއް އާންމުވެފައިވާއިރު، ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހާގެ ގައިގައި ޖެއްސުމުބް އޭނާ އެތައް ފޫޓަކަށް ވިއްސައިގެން ދާ މަންޒަރު އެ ފޫޓޭޖުން ފެނެއެވެ. ސައިކަލުގައި އިން މީހާ އަށް އެކި ވަރުގެ އަނިޔާ ލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުންވެސް މަޢުލޫމާތު ދޭ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލު ނުވެގޮސް، މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގާ ޖެހިގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށެވެ.

މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން