ފޮޓޯ: އެމްވީ ކްރައިސިސް
ފޮޓޯ: އެމްވީ ކްރައިސިސް
މިއަދު ހުޅުމާލޭގައި ކާރަކުން ޖެހި އަނިޔާވި މީހާގެ ހާލު ސްޓޭބަލްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިއަދު ހިނގި މި ހާދިސާގައި އަނިޔާވި މީހާއަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. ނަމަވެސް، އެ މީހާއަށް މިހާރު ފަރުވާ ދެނީ އައިޖީއެމްއެޗްގައެވެ.

މިހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖެއް އާންމުވެފައިވާއިރު، ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހާގެ ގައިގައި ޖެހުމުން އޭނާ އެތައް ފޫޓަކަށް ވިއްސައިގެން ދާ މަންޒަރު އެ ފޫޓޭޖުން ފެނެއެވެ.

އެކްސިޑެންޓްވި ކާރު ދުއްވި މީހާ ވަނީ އެކްސިޑެންޓު ވުމުން ފިލާފައިކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން