1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފެން ފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކުރާ ތާރީހު ފަސްކޮށްފިއެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރަށް ރައީސް ޑރ. މުޢިއްޒު އިއްޔެ ގެންނެވި އިސްލާޙުގައި ވަނީ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުން އަންނަ އަހަރުގެ ޑިސެމްބަރު އެކަކުން ފެށިގެން މަނާ ވާނެ ކަމަށެވެ.
އަދި ބާޒާރަށް ނެރުން މަނާ ވާނީ 2026 ވަނަ އަހަރުގެ މާޗު 1 ވަނަ ދުވަހުން ފެށިގެން ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.
ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގައި 14 ބާވަތެއް ހިމެނެއެވެ. އަދި މިއީ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެންފުޅި މަނާކުރާ ތާރީހު ރައީސް ޑރ. މުހައްމަދު މުއިއްޒު ފަސްކުރެއްވި ދެވަނަ ފަހަރެވެ.
ޕްލާސްޓިކް މަނާކުރުމުގެ ގަރާރުގެ ދަށުން މިހާތަނަށް ބޭނުންކުރުން ހުއްޓާލާފައިވާ ތަކެތީގެ ތެރޭގައި ކުދި ކޮތަޅާއި، ސުޕާރީ ޕެކެޓާއި، އެންމެ ކުދި ފެން ފުޅީގެ އިތުރުން ކާތައްޓާއި ޖޫސް ޕެޓީ ކޮތަޅާއި ކަފަބުރު ފަދަ ތަކެތި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު