ރައްޔިތުން ގައުމު ހަވާލުކޮށްފައިވަނީ "ގަޓު" ރައީސަކާއި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ދާޚިލީ ކަންކަން ހަމަ މަގަށް އެޅެމުން މިދަނީ ރައްޔިތުން "ގަޓު" ހުންނެވި ރައީސަކާ ޤައުމު ހަވާލު ކުރެއްވީތީ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ ހަރުދަނާ އަދި ޖެހިލުން ކުޑަ ނިންމެވުންތައް ތަންފީޒު ކުރަމުންދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ދާދިފަހުން މީޑިޔާ އަކަށް ދެއްވި އިންޓަވިއު އެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ގޭންގުތަކާއި އެ ގޭންގުތަކުގައި އުޅޭ މީހުންގެ ނަންތައް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވާނެ ކަމަށެވެ. އަދި ގާނޫނަށް ގެންނަ ބަދަލުތަކާއެކު ގޭންގުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ފެންނާނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ރާއްޖޭގައި ގޭންގު ހަދައިގެން ކުށްކުރަމުން ނޫޅެވޭނެ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން