ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ މެމްބަރުންގެ އަމާޒުހުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދާއިމަށް ވެރިކަމުގައި ބަހައްޓަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެމްބަރުން ޚިދުމަތް ކުރަނީ ދިވެހި ރައްޔިތުންނަށް ނޫން ކަމަށެވެ. އެމެމްބަރުން ޚިދުމަތްކުރަނީ ރައީސް މުޢިއްޒަށް ކަމަށް މީކާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މެމްބަރުންގެ އަމާޒު ހުރީ ރައީސް މުޢިއްޒު ދާއިމަށް ވެރިކަމުގައި ބަހައްޓަން ކަމަށާއި އެކަމާ މެދު ކަންބޮޑުވަޑައިގަންނަވާ ކަމަށެވެ.

"އެބޭފުޅުން (ޕީއެންސީގެ މަޖިލިސް މެމްބަރުން) ގެ ޚިދުމަތާއި އެބޭފުޅުންގެ އަމާޒު މިއަދު ހިފާފައިހުރީ ރައީސް މުޢިއްޒުގެ ވެރިކަން ދާއިމަށް ދިގު ދެމިގެންދާ ފަދަ ގޮތަކަށް ހުރިހާ ކަމެއް އިންތިޒާމްކުރަން، އެހެންވީމަ އަޅުގަނޑުމެން މި ކަންބޮޑުވަނީ،" މީކާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މީކާއިލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަޙާއި ސިޔާސީ ޕާޓީތައް ހިންގާގޮތާއި މެދު ރައްޔިތުން ފޫހިކޮށްލަން ރޭވިގެން މަސައްކަތްތައް އެބަ ހިނގާ ކަމަށެވެ. މީކާއިލް ވިދާޅުވީ އެކަމަށް އެމްޑީޕީން ފާރަވެރިވާންޖެހޭ ކަމަށެވެ.

މާދަމާ އަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް އޮތް ދުވަސްކަން ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ މި އިންތިހާބުގައި ގިނަ އަދަދެއްގެ މެމްބަރުން ވޯޓްލާން ނުކުތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެމްޑީޕީގެ މެމްބަރުންގެ ވިސްނުން އެޕާޓީ އަށް ގެނެވޭނީ ގައުމީ މަޖިލީހަށް އެޕާޓީގެ މެމްބަރުން ބޭނުންވާ މީހުން އައްޔަން ކުރެވިގެން ކަމަށް މީކާއިލް ވިދާޅުވިއެވެ. މީކާއިލް ވިދާޅުވީ ގައުމު ސަލާމަތުގެ އަައްސޭރިއަށް ގެންދެވޭނީ އެމްޑީޕީއަށް ކަމަށެެވެ.

"އަޅުގަނޑުމެން ފޯރިއާއެކު މި އިންތިހާބުގައި ބަައިވެރިވެ ވޯޓް އަޅަން އެބަޖެހޭ، އަޅުގަނޑުމެން މިކަން ކުރަންޖެހޭ ސަބަބަކީ އެންމެންނަށް ތިބެވިދާނެ ފޫކަހާފައި ޕާޓީ ހިނގާގޮތް ކަމަކު ނުދެއޭ ސިޔާސީ މަޝްރަހާއި މެދު ފޫހިވެއްޖެއޭ މިހެން ކިޔައި އަޅުގަނޑުމެންނަށް ތިބެވިދާނެ، އެހެން ނަމަވެސް ތިބޭފުޅުންގެ ވިސްނުން މި ޕާޓީ ހިންގުމަށް ގެނެވޭނީ މިޕާޓީގެ ގައުމީ މަޖިލީހުގައި ތިބޭފުޅުން ތަމްސީލްކުރަން ތިބޭފުޅުން ބޭނުން ބަޔަކު އައްޔަންކުރެވިގެން، އިންތިހާބުކުރެވިގެން، އެނޫން ގޮތަކަށް ތިބޭފުޅުންގެ ވިސްނުން މި ޕާޓީއަކަށް ނުގެނެވޭނެ،" މީކާއިލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން