މާލޭގައި މާރާމާރީ ހިންގި ހަ ބިދޭސީން ޑީޕޯޓު ކުރަން އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ހިންގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން، ފުލުހުން ހަ ބިދޭސީއަކު އެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް ނިންމައިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެ ހަ މީހުންގެ ފޮޓޯއާއި އުމުރު ފިޔަވައި އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ނުދެއެވެ. އޭގެ ތެރޭގައި ހިމެނެނީ 26، 27، 38، 40 އަދި 29 އަހަރުގެ ދެ މީހުންނެވެ.

ރޭ މާލޭގެ މަގުމަތީގައި ލަޓިބުރިތަކެއް ހިފައިގެން ބިދޭސީންތަކެއް މާރާމާރީ ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެެވެ.

ފުލުހުން ބުނީ މާލޭގެ އަސްރަފީ މަގުގައި ބުދަ ދުވަހުގެ ރޭ 12:33 ހާއިރު ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މާރާމާރީ ހިންގާފައިވަނީ ބަންގްލަދޭޝް އާއި ސްރީލަންކާއަށް ނިސްބަތްވާ ބިދޭސީންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

އެ މާރާމާރީގައި ދެ މީހަކަށް އަނިޔާ ވެގެން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައި ވާކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެެެވެ. އެ މައްސަލައިގައި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން އެ ފަސް މީހުން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން