އިސްރާއިލުން ޝަހީދުކޮށްލި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ވެސް ޣައިބަށް ކަށުނަމާދު ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ގޮވާލައިފި އެވެ.

އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ ތެހެރާންގައި ހުންނަވަނިކޮށް އިސްރާއިލުން ހަނިއްޔާ އަވަހާރަކޮށްލީ މިދިޔަ ބުދަ ދުވަހުއެވެ.

ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން ބަޔާނެއް ވެސް ނެރުނީ 24 ގަޑިއިރު ފަހުން ނެވެ.

އޭރު އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި، ވަކިވަކި ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުންނާ، ވަކި ވަކި ފަރުދުން، އެ އަމަލު ކުށްވެރިކޮށް އޮތީ ބަޔާން ނެރެފަ އެވެ. އަދި ،މިއަދު އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ލަތީފްވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ.

އެެހެންވެ ހަނިއްޔާގެ މައްޗަށް މިއަދު ހުކުރު ނަމާދަށް ފަހު ޣައިބަށް ކަށުނަމާދު ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައި ދިނުމަށް އިޔާޒް ގޮވާލެއްވި އެވެ.

އިޔާޒްގެ ހުށަހެޅުއްވުމަށް ތާއިދު ކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީވެސް ވިދާޅުވީ މިއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން