ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ދެވަނަ ޕްރޮގްރާމް ފަށައިފި އެވެ.

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ބެޗު މިދިޔަ ފެބްރުއަރީ މަހު ގއ. ގެމަނަފުށީގައި ވަނީ ބާއްވައިފަ އެވެ.

އެ ޕްރޮގްރާމްގައި ދެކުނުގެ ރަށްރަށުން 77 ޒުވާނަކު ބައިވެރިވެ 57 ބައިވެރިން ވަނީ ކޯސް ފުރިހަމަކޮށް ޚަތީބުކަމުގެ ހުއްދަ ހޯދާފައެވެ. އެ ޒުވާނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރަމުންނެވެ.

އޭގެ ދެވަނަ ބެޗަށް ހުޅުވާލުމުން 206 މީހަކު އެ ޕްރޮގްރާމަށް ކުރިމަތިލި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ވިދާޅުވީ ޚަތީބުން ތަމްރީން ކުރުމުގެ ދެވަނަ ޕްރޮގްރާމް ރޭ މާލެއާއި އައްޑޫ ސިޓީގައި ފަށާފައިވާ ކަމަށެވެ.

މި ފަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއުކޮށް ފުރުސަތު ދީފައިވަނީ 200 މީހުންނަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ މި އަހަރުގެތެރޭގައި 700 އިމާމުން ތަމްރީނު ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން