ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން މިހާތަނަށް 22 ކުއްޖަކަށް ރައްކާތެރި އާއިލީ ދިރިއުޅުމެއް ހޯދައިދެވިފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައި ވަނީ ކޮންމެ ކުއްޖަކަށް ޢާއިލާއެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މަސައްކަތް ހިއްސާ ކުރައްވަމުން މީޑިޔާ އަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ފިޔަވަތީގައި ކުދިން މަދު ކަމަށާއި، މިއީ ކުދިން އާއިލާކަށް ހަވާލުކުރެވޭ އަދަދު ގިނަވުމާއެކު، އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭ މިންވަރު މަދުވުމުގެ ނަތީޖާއެއް ކަމަށެވެ. އަދި ފިޔަވައްޗަށް ކުއްޖެއް ގެންނަ ހިސާބުން އެކުއްޖަކަށް ކޭސް ވޯކަރެއް ހަމަޖައްސާ، އާއިލާއާ އަނބުރާ ހަވާލުކުރެވޭނީ ނުވަތަ ފޯސްޓަރ ކުރެވޭނީ ކިހިނެއްތޯ ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުދިން އާއިލާތަކާއި ހަވާލުކުރުމަށް ދައުލަތުން އިސްކަން ދެއްވާކަން ހާމަކުރައްވައި ވަޒީރު ވިދާޅުވީ ފިޔަވައްޗަށް ކުދިން ގެންނަ ހިސާބުން ސަމާލުކަން ދެވެނީ އެތާ ގިނަ ދުވަހު ބެހެއްޓުމުގެ ބަދަލުގައި، އާއިލާއަކާ އަނބުރާ ހަވާލުކޮށް، އާއިލީ ވެއްޓެއްގައި ލޯތްބާއި ކުލުނާއެކު ބޮޑުވުމުގެ ފުރުސަތު ކުދިންނަށް ފަހިކޮށްދިނުމަށް ކަމަށެވެ.

ވަޒީރު ވިދާޅުވީ ކުރިއާ ހިލާފަށް، މިހާރު އުމުރުން ބޮޑެތި ކުދިންވެސް ’ފޯސްޓަރ‘ ކުރުމަށް އާއިލާތަކުން އަންނަކަން ފާހަގަކުރެވޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން