ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ 50،000 ބިދޭސީން ޑީޕޯޓްކުރުން ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވިދާޅުވެއްޖެ އެވެ.

ރޭ ސަންގު ޓީވީން ގެެނެސްދިން ޕްރޮގްރާމެއްގައި ޝަމްއާން ވަނީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ޑީޕޯޓްކުރުމަށް ކުރާ މަސައްކަތާ ގުޅޭ މައުލޫމާތު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގައި ޑީޕޯޓްކުރަން ނިންމި ބިދޭސީން ވެސް ޑީޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ހަމަ އެހެންމެ ގަވައިދާ ހިލާފަށް އުޅުނު މީހުން ގަވައިދުގެ ތެރެއަށް ވަންނަން ފުރުސަތު ދިނުމުން ވެސް އޭގެންވެސް މާބޮޑު ކުރިއެެރުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރުވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހަމަ އެގޮތަށް އުޅެމުންދާ ކަމަށްވެސް ކޮންޓްރޯލަރ ވިދާޅުވި އެވެ.

އެހެން ނަމަވެސް މި ސަރުކާރުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރުކުރުމަށް މަސައްކަތް ކުރަމުންދާއިރު އެކަމަށް ޓާގެޓެއް ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކަށް އެބަ އޮވޭ، ކްލޯޒް ޓު 50،000 އަށް [ގަވާއިދާ ޚިލާފަށް އުޅޭ] މީހުން ބޭރުކުރުމުގެ. އެހެންވީމާ އެ އަދަދަށް ރީޗް ވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އެބަހުރި. އެ މަަަސައްކަތް އަސްލު މި ކުރިޔަށް ދަނީ." ޝަމްއާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ާއަސްލުމީ

13-Aug-2024

ސާބަހޭ, މޫނަކަށް ކަނދުރާ އަކައްނުބަލާ މިފަހަރު ވާނެ ބިދޭސީންގެ މައްސަލަ ހައްލުކުރަން


2

ނާޒިމް

13-Aug-2024

ގައުމު ދެކެ ލޯބިވާ ތެދުވެރި އިޚްލާޞްތެރި މީހުން ސަރުކާރު ހިންގުމާ ހަވާލުވީމަ ފެއްނާނެ ހެޔޮބަދަލު މިފެންނަނީ.


-2

އެނޮނިމަސް އޭންޓް

13-Aug-2024

މިވަރުގެ ކޮންޓްރޯލަރެއް ނެތް! ތިހެން އުޅެމުން އަދި އިންސާނީ ވަގުފާރި ކުރާ މީހުނާ ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށް އުއްމީދުކުރަން!



ޓްރެންޑިން