ކުޑަކުދިން ކެއްސާތީ ދޭ އެލެގްރާ ސިރަޕް ރާއްޖޭގައި ވިއްކުން މަނާކޮށްފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ އެލެގްރާ 30 މިލިގްރާމް ނުވަތަ ޖެނެރިކް ނަމުންނަމަ ފެކްސޮފެންޑައިން ހައިޑްރީކްލޮރައިޑްގެ ތިން ބެޗަކުން ކޮލިޓީގެ މައްސަލަ އެ ބޭސް އުފައްދާ ކުންފުނިން ހާމަކޮށްފައިވާ ކަމަށެވެ.

އެ ބޭސް އުފައްދާފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ސަނޮފީ އިންޑިއާ ލިމިޓެޑުން އެވެ.

މައްސަލަ ދިމާވެގެން އުޅެނީ އަލެގްރާ ބޭހުގެ ތިން ބެޗެެއްގައި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެހެންވެ އެ ތިން ބެޗުގެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކުމާއި އަދި ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށާއި އަދި މައްސަލަ އުޅޭ ބެޗްގެ ބޭސް ފާމަސީތަކުގަ އާއި ބޭސް ގުދަންތަކާއި އަދި ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެ އޮތޯރިޓީއަށް އީމެއިލްގެ ޒަރީއާއިން އެންގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން