ވިނަރެސް ފްލެޓަށް އެޕްލައި ކުރުމަށް އެދި މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ވިނަރެސް ފްލްޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލާފައިވާ ކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާކަމަށެވެ. އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް ބުނެ ލިންކަކާއެކު ފޮނުވަމުންދާ މި މެސެޖަކީ ސައްހަ މެސެޖެއް ނޫންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިފަދަ ސްކޭމް މެސެޖުތަކުގައި ހިމެނޭ ލިންކުތަކަށް ފިއްތައިގެން ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް ފްރެންޑް ލިސްޓުގައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާކަމަށް ފާހަގަ ކުރެވެމުންދާކަމަށެވެ.



އެހެންކަމުން މިފަދަ ސްކޭމް މެސެޖު ތަކާއެކު ފޮނުވާ ލިންކުތަކަށް ނުފިތުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން