ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލަމް ސަރުވާރު މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ތައާރަފް ވުމުގެ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެމް.ޑީ. ގޮލަމް ސަރުވާރު 15 ވަނަ ސާކް ސެކްރެޓަރީ ޖެނެރަލް ގެ މަގާމާއި ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ.

އޭނާގެ މި ދަތުރުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާނެއެވެ. އަދި ފޮރިން ސެކްރެޓަރީ ފާޠުމަތު އިނާޔާ އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ސާކް ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލަމް ސަރުވާރު ގެ މި ދަތުރުގައި އޭނާއާއެކު އަނބިކަނބަލުން ތަސްލީމާ ސަރުވާރު އަދި ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރ، ޝާހިޔާ އަލީމަނިކް އަދި ބަވެޝް ރ. ޓްރިވެޑީ ބައިވެރިވަޑައިގަންނަވައެވެ.

ދަތުރު ނިންމެވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 8 އޮގަސްޓް 2024 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން