ސުނާމީ ކާރިސާއަށް އިޖާބަދޭން މުޖުތަަމައު ތައްޔާރުކުރަން ޕްރޮގްރާމެއް ކުރިއަށް ގެންދަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ތައްޔާރުވެއްޖެއެވެ.

މާދަމާއިން ފެށިހެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ "މޯލްޑިވްސް ސުނާމީ ރެޑީ ޓްރެއިނިންގް"ގެ ނަމުގައި ޔުނެސްކޯއާއި އިންޓަރ ގަވަމެންޓަލް އޯޝަނޯގްރެފިކް ކޮމިޝަން (އައިޖީއޯއީ) އާއި އިންޑޮނޭޝިއާގެ މޫސުމާބެހޭ އިދާރާ (ބީއެމްކޭޖީ) ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ސުނާމީ ކާރިސާއަށް އިޖާބަ ދިނުމަށް މުޖުތަމައުގެ ތައްޔާރުކަމާއި ވިލުންވެރިކަން އިތުރު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމުތަކެއް ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން އެންޑީއެމްއޭއިން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން، ސުނާމީ ކާރިސާއެއްގެ ސަބަބުން ރައްޔިތުންގެ ފުރާނައާއި ބިނާރާއި ދަނޑުބިމާއި އަދި ކައިބޮއި ދިރިއުޅުމަށް ކުރާ މަސައްކަތްތައް ނެތިގޮސް ލިބިދާނެ ގެއްލުމަކަށް ރައްކާތެރި ވާނެ ގޮތުގެ ޕްލޭން ހިއްސާކުރާނެއެވެ.

މި ޕްރޮގްރާމު ފެށުމުގެ ގޮތުން، ރަށްރަށުގައި ޕްރޮގްރާމު ހިންގާނެ ފެސިލިޓޭޓަރުން ތަމްރީނު ކުރަން މާދަމާ ފަށާނެ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ފެސިލިޓޭޓަރުންގެ ގޮތުގައި މިނިސޓްރީތަކާއި ކައުންސިލްތަކުގެ އިތުރުން ޖަމިއްޔާތަކުން 40ށް ވުރެ ގިނަ ބައިވެރިން ތަމްރީނު ކުރާނެ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުުހުންނާއި، މެޓް އޮފީހާއި ރެޑްކްރެސެންޓް އަދި އެކި އިދާރާތަކުގެ މީހުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން