އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑުގެ މުއްދަތު ހަމަވެ، އެ ފައިސާ ދައްކަން ޖެހިއްޖެނަމަ ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، މި ބޮންޑުގެ ފައިސާ ދެއްކުމާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޔޫޒަބަލް ރިޒާވަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ މުދަލުގެ ތެރޭގައި ހިމެނޭ ކާޑުގެ ބާވަތްތަކާއި، ތެލުގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމުގައި ސަރުކާރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެސްބީއައި މެދުވެރިކޮށް ވިއްކާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލްތަކުގެ ތެރެއިން، މިއަދުގެ ނިޔަލަށް ދައްކަންޖެހޭ ފަހު 50 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. މި ސަރުކާރުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޖުމްލަ 100 މިލިއަން ޑޮލަރު އިންޑިއާއަށް ދައްކާފަ އެވެ.

މާދަމާގެ ނިޔަލަށް މި 50 މިލިއަން ޑޮލަރު ދައްކަންޖެހިފައިވާއިރު، އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މަސް ނިމުނުއިރު ޖުމްލަ ރިޒާވް ހުރީ 643.8 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ބޭނުންކުރެވޭ ރިޒާވް ވަނީ 221.8 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށް ދަށަށް ގޮސްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް