ބާބު އަލް މަންދަބާއި، ރަތް ކަނޑު އަދި ޚަލީޖް އަދުންގެ ސަރަހައްދުގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ އަރަބިއްޔާ އިސްވެ އުފެއްދި ބައިނަލްއަގްވާމީ ކަނޑުގެ އަސްކަރީ އިއްތިހާދުގައި ދިވެހިރާއްޖެއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ.
މި އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކޯލިޝަންގެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީއެވެ.
ސައުދީ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް އެލަޔަންސް" ގެ ނަމުގައި އުފެއްދި މި ކޯލިޝަންގެ މައި އޮފީސް ޤާއިމުކޮށްފައިވަނީ ސައުދީ އަރަބިއްޔާގައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދަކީ އިންޑިއާ ކަނޑާއި މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ މުހިންމު ކޯރިޑޯގެ ކަނޑުއޮޅިތައް ދިފާއުކޮށް، ބައިނަލްއަގްވާމީ ވިޔަފާރިއާއި ހަކަތަ ސަޕްލައިގެ ވިއުގަތައް ރައްކާތެރިކުރުމެވެ.
ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ 10 އިންސައްތައާއި 12 އިންސައްތައާ ދެމެދުގެ މުދާ އުފުލާ ބާބު އަލް މަންދަބް ކަނޑުއޮޅިއަކީ ދުވާލެއްގެ މައްޗަށް އެތައް މިލިއަން ފީފާއެއްގެ ތެޔޮ ދަތުރުކުރާ ނުހަނު މުހިންމު މަގެކެވެ. ނަމަވެސް، ހޫޘީންގެ ހަމަލާތަކާ ގުޅިގެން ލަންޑަންގެ މެރިން އިންޝުއަރެންސް މާކެޓުން ވަނީ ރަތް ކަނޑުގެ ނުރައްކާތެރި "ހައި ރިސްކް" ޒޯން ސައުދީގެ ޖިއްދާއާއި ޔަންބޫއާ ހަމައަށް ފުޅާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު