ދިވެހިރާއްޖޭގެ އިޖްތިމާޢީ ފޭރާން ވީދި މިހާރު އޮތް ހާލަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުކޮށްދެއްވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ, ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން މިއަދު މިއޮތް ހާލަތަށް ދިއުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭ ފަރާތަކީ ތަންފީޒީ އިދާރާތައް ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތައް ހެދިފައިވާ ކަމަށާއި، ކަޅާއި ހުދުން ފާޅުކަން ބޮޑުކޮށް އެކަންކަން ލިއެވިފައިވާއިރު ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ހާލަތު ކަންބޮޑުވާ ހިސާބަށް ދިޔައީ އެއް ދުވަހަކުން ދެ ދުވަހަކުން ނޫން ކަމަަށެވެ.

"މިއީ އެތަކެއް އަހަރެއް، އެތަކެއް ޒަމާނެއް މި ކަންކަން ހައްލު ނުކުރެވި ދިއުމުގެ ނަތީޖާކަން ދިވެހި ރައްޔިތުން ގަބޫލު ކުރައްވާނެ ކަން ޔަގީން،" ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އެކްސްގައި ވިދާޅުވިއެވެ.

މުހައްމަދު ވަނީ ރައީސް ޑރ. މުއިއްޒުގެ ގައުމީ ވިސްނުންފުޅާ އެކު ހިކުމަތްތެރި ކަމާއެކު މި ގައުމަކީ ދިވެހީންނަށް އަމާން އޮމާން ހިތްފަސޭހަ ދުޅަހެޔޮ ގައުމަކަށް ހައްދަވައި ދެއްވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަސް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން