އަހުޒަމް އަޙްމަދު   5 އޯގަސްޓު 2024 - 9:33
މޫސުން ގޯސްވެ ކަނޑުމަތީގެ ހަ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ ތިން ހާދިސާއަކާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތަރޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ހަމަ އެހެންމެ އެފަދަ ހަ ހާދިސާއެއްގެ ރިޕޯޓް ކޯސްޓުގާޑަށް ލިބިފައިވާ ކަަމަށް އެމްއެންޑީއެފުން ބުނެއެވެ.

ނަމަވެސް އެ ހާދިސާތަކުގެ ތަފްސީލެއް އެމްއެންޑީއެފުން އަދި ނުދެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން މީގެ ފަސް ގަޑިއިރު ކުރިން މޫސުން ގޯސްވާނެ ކަަމަށް ބަލައި އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.

އެގޮތުން ތ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް މިއަދު ހެނދުނު 09:30 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން