ޑިމޮކްރެޓްސްއަކީ ސަރުކާރު ކޯލިޝަން ޕާޓްނަރެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒާއި ބައްދަލުކުރަށްވައި ސިއްރު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ ބައްދަލުވުމުގައި ހަސަން ލަތީފްވެސް ބައިވެރިވެ ވަޑައިގެންނެވިއިރު ޑިމޮކްރެޓްސްގެ ނާއިބު ރައީސް ހަސަން ޝިފާޒްވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ހަސަން ލަތީފް ވިދާޅުވީ އެ ބައްދަލުވުމަކީ ސަރުކާރާ ގުޅެން ބޭއްވި ބައްދަލުވުމެއް ކަމަށް އަޑު ފެތުރުނަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރައްވާނެ ކަމަށް ރައީސް މުއިއްޒުގެ ރިފޯމް އެެޖެންޑާގައި އޮތީ އިއުލާންކުރައްވާފައި ކަމަށާއި އެގޮތުން އެ އިސްލާހުތައް ގެންނައިރު ޑިމޮކްރެޓްސްއިން ދެކޭ ގޮތް ވެސް ހިމެނެން ވާނެ ކަަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެންވެ ސަރުކާރުން އެކަން ފަށާނަމަ އެކަމުުގައި ޑިމޮކްރެޓްސްއިން ބައިވެރިވާން ބޭނުންވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެން ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ވީއެއް ނޫން އަދި. އެގޮތަށް އެ މަސައްކަތް ކުރަން ނިންމީއެއް ވެސް ނޫން، މި ދެންނެވި މަސައްކަތުގައި ބައިވެރިވާން ބޭނުން ވާހަކަ އަޅުގަނޑުމެން ވާނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައި." ހަސަން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު