ގާނޫނު އަސާސީ އަށް އިސްލާހު ގެންނަންޖެހޭނީ ރައްޔިތުންގެ އިތުބާރު އެ މަސައްކަތަށް ލިބޭފަދަ ގޮތަކަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަތީފް ރޭ ވިދާޅުވެއްޖެއެެވެ.
ގާނޫނު އަސާސީ އަށް ބޮޑެތި އިސްލާހު ތަކެއް ގެންނަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ޤާނޫނު އަސާސީއަށް ގެންނަ ބައެއް ބަދަލުތަށް ރައީސް މީގެ ކުރިން ވަނީ ހާމަކުރަށްވާފައެެވެ.
އެކަމާ ގުޅިގެން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، ގާނޫނު އަސާސީއަށް އިސްލާހުތައް ގެނައުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. ހަސަން ވިދާޅުވީ އެމަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ އިތުބާރު އޮންނަ ފަދަ ގޮތަކަށް ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީ އިސްލާހުވެގެން އަންނައިރު ރައްޔިތުންގެ މެދުގައި އެ ގެންނަ ބަދަލުތަކާއި މެދު ޝަކުވާ ހުރެގެން ނުވާނެ ކަމަށް ޙަސަން ވިދާޅުވިއެވެ. ޤާނޫނު އަސާސީއަށް ގެންނަ ބަދަލުތަކާއެކު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ވެސް އެޑްރެސް ކުރަންވާނެ ކަމަށް ޙަސަން ވިދާޅުވިއެެވެ.
"ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތާއި މެދު ރައްޔިތުންގެ ޝަކުވާ ހުރެގެން ނުވާނެ، މަޝްވަރާކުރެވިފައި ނެތްކަމުގެ ނުވަތަ އެއަށް އެބޭފުޅުންގެ ޚިޔާލު ދެވޭނެ ފުރުސަތު ނެތިގެން އެ ޝަކުވާ ކުރެވިފައި ހުރެގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހަސަން ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޙަސަން ލަތީފް ވިދާޅުވީ ދާދިފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވައި ޑިމޮކްރެޓްސްގެ ފަރާތުން ޤާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތައް އެމަނިކުފާނުގެ އަރިހަށް ހުށައަޅާފައިވާނެ ކަމަށެވެ. އަދި ޤާނޫނު އަސާސީ އިސްލާހުވެގެންދާއިރު އެކަންކަމަށް އެޑްރެސް ކުރައްވާނެ ކަމަށް އުއްމީދު ކުުރައްވާ ކަމަށް ޙަސަން ވިދާޅުވިއެވެ.
"ބައެއް ދާއިރާތަކަށް އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ ރައީސަށް ލިޔުމެއް ވެސް އަރުވާފައި, މިހާރު މިވެނި ދާއިރާތަކެއް އަޅުގަނޑުމެން ބޭނުމޭ އިސްލާހުކުރެވޭއިރު އޭގައި ވަކި ކަންތައްތަކެއް ވަކި ގޮތަކަށް ހުރުން، އޭގެ ތަފްސީލް ތަކެއް ނޫން، އަޅުގަނޑުމެންނަށް އެފުރުސަތު ލިބޭނެ ކަމަށް ދެކިގެން މިތިބީ, ޤާނޫނު އަސާސީ އިސްލާހުވެގެންދާއިރު އަޅުގަނޑުމެންގެ ބައިވެރިވުމާއެކު އެކަން ކުރެވިގެންދާނެ ކަމަށް ގަބޫލުކޮށްގެން މިތިބީ،" ޙަސަން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު