ދައުލަތުގެ ޚަރަދުތައް މެނޭޖުކުރުމަށް ކެޕޭސިޓީ އިތުރުކޮށް އަދި ޑިމޮކްރެޓިކް ގަވަނަންސް ވަރުގަދަކުރުމަށް އެމެރިކާއިން ދިވެހިރާއްޖެއަށް 8.5 މިލިއަން ޑޮލަރުގެ އެހީ ދީފިއެވެ.
މިއީ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ގެނައި 14 ވަނަ އިސްލާހުގެ ދަށުން އެމެރިކާ އިން ރާއްޖެއަށް ދިން އެހީއެކެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ އިސްލާހުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ ޢަބްދުއްޞަމަދެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއޭއައިޑީގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރައުއެވެ.
ފޮރިން މިނިސްޓްރީން ބުނީ ފާއިތުވި އަހަރުތަކުގައި އެމެރިކާއިން ދޭ އެހީ އިތުރުކޮށްފައިވާ ކަމަށެވެ.
އަދި މިއަދު ސޮއިކުރި އިސްލާުހާއެކު ދޭ އެހީގެ އަދަދު 45.7 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޔޫއެސްއެއިޑްގެ ދަށުން އެމެރިކާއިން މިހާރުވެސް އަންނަނީ ދިވެހިރާއްޖެއަށް ބޮޑެތި އެހީތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު